Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

މަޖިލީހުގެ އައު އިމާރާތް ބޭނުން ކުރަން ފަށައިފި

ރައްޔިތުން މަޖިލީހުގެ 13 ބުރީގެ އިމާރާތް --

ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތުގައި ބައެއް ކޮމެޓީތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

މަޖިލީހުގެ އައު އިމާރާތް ނިންމާފައި ހުންނަތާ ދުވަސްކޮޅެއް ވެފައިވީ ނަމަވެސް މަޖިލީހުގެ މަސައްކަތްތައް އެތަނުގައި ކުރިއަށެއް ނުގެންދެއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތުގެ ބައެއް ކޮމިޓީ ރޫމްތައް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި މިއަދު ބޭއްވި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި އިނގިރޭސި ސަފީރު ބައްލަވާލެއްވި ކަމަށްވެސް މަޖިލީހުން ބުނެއެވެ.

މަޖިލީހުގެ ތަޅުމުގައި ކޮމިޓީތަކުގެ ތާވަލު އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ރެއިން ފެށިގެން އާ އިމާރާތުގެ ދެ ކޮމިޓީ ކޮޓަރިއެއް ބޭނުން ކުރަން ފެށޭ މިންވަރަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކޮމިޓީ ކޮޓަރި ހަތަރަކާއި ފަހެއްގައި ބޭނުން ކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ އާ އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންޓްރެކްޓާސް (އާރްސީސީސީ) އާ ހަވާލުކުރީ 2011 ސެޕްޓެމްބަރު 14 ގަ އެވެ. ނަމަވެސް ތަފާތު އެކިއެކި ސަބަބުތަކާއި ހެދި މަޖިލީހުގެ އައު އިމާރާތް ބޭނުން ކުރެވޭ ގޮތް ރެއާ ޖެހެންދެން ވަނީ ނުވެފައެވެ.