Last Updated: March 29, 06:12
Friday, March 29, 2024
ޚަބަރު

ވޭނެއް ވަގަށް ނެގުމަށްފަހު އޭގައި ރޯކޮށްލައިފި

ލ.ގަމުގައި ހުންނަ އެމްއޯ ހޮޓެލްގެ ވޭނެއް ވަގަށް ނެގުމަށްފަހު އޭގައި ރޯކޮށްލައިފިއެވެ.

ފުލުހުން ބުނީ އެމްއޯ ހޮޓެލްގެ ވޭން ހޮޓެލް ކައިރީ ބާއްވާފައި އޮއްވާ ވަގަށް ނަގައިގެން ގެންގޮސް މުކުރިމަގު ހައިތެއްޔާ ދިމާ އިރުމަތީ ފަރާތު އަތިރިމައްޗަށް ގެންގޮސް އެ ވޭނުގައި ރޯކޮށްލާފައިވާ މައްސަލައެއް މިރޭ 21:15 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާއިރު، އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ވެހިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.