Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް 10،000ރ. އަށް ބޮޑުކުރަން ހުށަހަޅައިފި

އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10،000ރ. އަށް ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.

މި ހުށަހެޅުން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

މި ހުށަހެޅުން ޖާބިރު ހުށަހެޅުއްވިއިރު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ބަޖެޓުން ކޮންމެ މަހަކު 5،000ރ. ގެ އިނާޠަތެއް މިހާރުވެސް އަންނަނީ ދެމުންނެވެ.

މީގެއިތުރުން ޖާބިރު ވަނީ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދޭ ފައިސާގެ އެހީ އާއި މައިންބަފައިންގެ އެހީތެރިކަމެއް ނެތި، ކުދިން ބަލަހައްޓާ މީހުންނަށް ދޭ އިނާޔަތް ވެސް ބޮޑު ކުރުމަށް ވަނީ ހުށަހަޅައިފައެވެ.

މިހާރު ދައުލަތުގެ ބަޖެޓުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެމުން އަންނަނީ 2،000ރ. އެވެ. ޖާބިރު ހުށަހެޅުއްވި އެ އަދަދު 7،500ރ. އަށް ބޮޑު ކުރުމަށެވެ.

އިނާޔަތްތައް ބޮޑުކުރާނީ މަޖިލީހުން މިކަމާ މެދު ބަހުސްކޮށް ނިންމާ ގޮތެއްގެ މަތީންނެވެ.