Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެހެން ލަފާތައް ބަދަލުކުރި ގޮތަށް ބިގްގެ ލަފާވެސް ބަދަލުކުރެވޭނެ: އުޝާމް

ކުރީގެ ބަންޑާރަ ނާއިބުގެ ނައިބުކަން ކުރެއްވި އަދި ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

ބިޒްނަސް އިމޭޖު (ބިގު) ކުންފުންޏަށް ފައިސާ ދިނުމަށް ދީފައިވާ ލަފަޔަކީ ރަނގަޅު ލަފައަކަށް ނުވާނަމަ މީގެކުރިން އެހެން ކަންކަމަށް ދީފައިވާ ލަފާވެސް މިހާރުގެ އެޓަރނީ ޖެނެރަލް އިބްރާޙީމް ރިފްއަތު ބަދަލު ކުރި ފަދައިން ބިގަށް ފައިސާ ދިނުމަށް ދީފައިވާ ލަފާވެސް ބަދަލު ކުރެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކުރީގެ އެޓަރނީ ޖެނެރަލްގެ ނާއިބު އަދި މިހާރުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބިގަށް ފައިސާ ދިނުމަށް ލަފާ ދިނީ އުޝާމް ބަންޑާރަ ނާއިބު އޮފީހުގެ ނާއިބަކަށް ހުންނެވި އިރު އޭނާ ކަމަށް މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެޓަރނީ ޖެނެރަލް ރިފްއަތު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ އޭރުގެ އެމް.ބީ.ސީިން ބިގް ކުންފުންޏަށް ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކުރި ޙުކުމް ނިހާއީ ޙުކުމަކަށް ބަދަލުވެފައިވަނިކޮށް ޕްރައިވަޓައިޒޭޝަން ބޯޑުގެ އެދުމަށް އެޙުކުމާ އެއްގޮތަށް ފައިސާ ދައްކަންޖެހޭނީ ޕީ.އެސް.އެމް ކަމަށް ދެކޭކަމަށް ބަންޑާރަނައިބުގެ އޮފީހުން ލަފައެއް ދީފައިވާނެ ކަމަށެވެ.

"އެ ލަފަޔަކީ، ޤާނޫނީ ގޮތުން ރަނގަޅު ލަފައެއް ނޫންނަމަ، އަޅުގަނޑު ދީފައިވާ އެހެންވެސް ގިނަ ލަފާތައް މިހާރުގެ އޭޖީ ރިވިއުކުރައްވައި ބަދަލުކުރެއްވި ގޮތަށް، ފައިސާ ދެއްކުމުގެ ކުރިން މިލަފާވެސް އޭޖީއަށް ބަދަލުކުރެއްވޭނެ ކަމަށް ދެކެން،" އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަަލައިގައި ދީފައިވާ ލަފާ މިހާރުގެ ބަންޑާރަ ނާއިބުވެސް ބަދަލުކުރައްވާފައި ނުވާތީ ޚުދު އޭޖީވެސް އެ ޤާނޫނީ ލަފާ ޤާނޫނީ ގޮތުން ރަނގަޅުކަމަށް ދެކިވަޑައިގަންނަވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ބިގަށް 78 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ފައިސާ ދޫކުރުމަށް މި ސަރުކާރަށް ލަފާ ދެއްވާފައި ނުވާނެ ބަންޑާރަ ނައިބު ވަނީ މިއަދު ވިދާޅުވެފައެވެ.

ބިގު ކުންފުންޏަކީ ސަރުކާރުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. ބިޒުނަޒް އިމޭޖު ނުވަތަ (ބިގު) ކުންފުންޏަށް 30 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އެއީ ބިސްނަސް އިމޭޖް ގުރޫޕު (ބިގް) އާ އޭރު ދައުލަތުގެ މީޑިއާ ހިންގި އެމްއެންބީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބިގަށް 78 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމްގެ ތެރެއިން އެއްބައި ފައިސާއެވެ.

ބިގަށް 78 މިލިއަން ދޭން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކުރީ އެމްއެންބީސީއިން އެ ކުންފުންޏަށް ދޭން ޖެހޭ ފަސް މިލިއަން ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގަ އެވެ. ޖޫރިމަނާ އަށް 72 މިލިއަން ދައްކަން ޖެހޭ ކަން ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ ކުރިން އެ ފައިސާ ނުދީ އޮތީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެފައިސާދޭން ކޯޓުން ހުކުމް ކުރި އެމްއެންބީސީގެ މުއައްސަސާ އަދިވެސް އުވާލާފައެއް ނުވެ އެވެ. އެ ކުންފުނި އެހެން އޮއްވައި ދައުލަތުގެ މީޑިއާ ހިންގަން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ) ގެ ދަށުން ވަނީ ވަކި ކުންފުންޏެއް އުފައްދާފަ އެވެ. އެކުންފުނީގެ ގާނޫނު ވަނީ 2015 ވަނަ އަހަރު އުވާލައިފަ އެވެ. އެމްބީސީގެ ހުރިހާ ދަރަންޏެއްގެ ޒިންމާ ޕީއެސްއެމުން ނަގަން ޖެހޭ ކަމަށް ޕީއެސްއެމްގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް އެމްއެންބީސީގެ ދަރަންޏަށް ޒިންމާ ނަގަން ޖެހޭ ކަމަށް ގާނޫނުގައި ލިޔެފައެއް ނުވެ އެވެ.