Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ޔާމީނާއި ރިލްވާންގެ މައްސަލާގައި ދަޢުވާކުރަން ޖުލައި މަހު ފޮނުވޭނެ: ސުއޫދު

ސުއޫދު - ފޮޓޯ: ސަން

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދާއި ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޝްވާންގެ މައްސަލަ ނިންމާ ޖުލައި މަހުގެ ނިޔަލަށް ދައުވާކުރަން ފޮނުވާނެކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ޙުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާއަށް ސުޢޫދު ދެއްވި އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވީ ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ދައުވާކޮށް އަޅަންހުރި ފިޔަވަޅުތައް އަޅަން ޖުލައި މަހު ފޮނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދައުވާކުރުމަށާއި އަދި އެނޫންވެސް ފިޔަވަޅެއް އަޅަންޖެހޭކަމަށް ވާނަމަ އެ ފިޔަވަޅުތަކެއް ޖުލަ އިމަހުގެ ނިޔަލަށް ނިންމާލުމަށްޓަކައި ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ބިލް ރައީސް ތަސްދީޤްކުރެއްވުމުން މީގެ ކުރިން ކުރިމަތިވި ދަތިތައް ފިލާ ވަރަށް ބޮޑުތަކުން އަވަސްވެގެންދާނެކަމަށް. އެއީ އެންމެ މުހިންމުކަމަކީ އިނގޭތޯ." މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވިއެވެ.

އަންނަ މަހުގެ މި ދެ މައްސަލާގައި ދަޢުވާ ކުރަން ފޮނުވާއިރު ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލުމަށް ވަކި ގޮތަކަށް ޢަމަލު ކޮށްފައިވާ ކަމުގެ ތުހުމަތު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްޗަށް މިއަދު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ކޮށްފައެވެ.