Last Updated: March 29, 09:42
Friday, March 29, 2024
ކުޅިވަރު

ޑި ލައިޓް ގެންނަން ޔުވެންޓަސް އިން މަސައްކަތް ކުރަނީ

އަޔެކްސް އަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޒުވާން ހުނަރުވެރި ޑިފެންޑަރު މަތައިސް ޑި ލައިޓް ގެންނަން ޔުވެންޓަސް އިން ވެސް މަސައްކަތް ފަށައިފިއެވެ.

ނެދަލޭންޑްސް އަދި އިޓަލީގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 19 އަހަރުގެ ޑި ލައިޓް ގެންނަން ޔުވެންޓަސް އިން މަސައްކަތް ކުރަނީ 70 މިލިއަން ޔޫރޯ އަށެވެ. އަދި މުސާރައިގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ޔޫރޯ ޑި ލައިޓް އަށް ދިނުމަށް ޔުވެންޓަސް އިން ތައްޔާރުވަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ޓްރާންސްފާގެ ކަންކަން މުޅިން ފުރިހަމަކުރަން ޔުވެންޓަސް އިން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިވަގުތު އެމެރިކާގައި ޑި ލައިޓް ޗުއްޓީ ހޭދަކުރަމުން އަންނައިރު، ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށްފަހު ޔުވެންޓަސްގެ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބަށް އަށް އައުމުގެ ދައުވަތު ދީފައިވާކަން ޑި ލައިޓް މީގެކުރިން ވަނީ ހާމަކޮށްފައެވެ.

މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް އަޔެކްސްގައި ޑި ލައިޓް ދެއްކިއިރު، އޭނާ ގެންނަން ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި ޕީއެސްޖީ ފަދަ ކްލަބުތަކުން ވެސް ޝައުގުވެރިވެއެވެ.