Last Updated: March 29, 10:16
Friday, March 29, 2024
ކުޅިވަރު

އުރީދޫ ކަލަރ ރަންގެ އެކްސްޕޯ މި މަހުގެ 25، 26 ގައި

އުރީދޫން ކޮންމެ އަހަރަކު ބާއްވާ ކަލާ ރަންގެ އެކްސްޕޯ މި މަހުގެ 25 އަދި 26 ގައި އައްޑޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އުރީދޫ އިން ބުނީ މިއަހަރު އައްޑޫގައި ބޭއްވޭ ކަލަރ ރަން އަށް ރެޖިސްޓަރ ވެފައިވާ އެންމެހާ ދުވުންތެރިންނަށް، ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ބައްލަވައިގަނެވޭނެއެވެ.

އެކްސްޕޯގެ ފުރަތަމަ ދުވަސް ބޭއްވިގެންދާނީ 25 ޖޫން ވާ އަންގާރަ ދުވަހު، އީކިއުއޭޓަރ ވިލެޖްގެ ބްލޫ ލެގޫން ގައި، ތިރީގައި ބަޔާން ކުރެވިފައިވާ ވަގުތު ތަކުގައެވެ:

މެންދުރު 2.00 ން ހަވީރު 6.00ގެ ނިޔަލަށް
ރޭގަނޑު 8.00 ން 10.00 އަށް

އެކްސްޕޯގެ ފަހު ދުވަސް ކުރިއަށްދާނީ 26 ޖޫން ވާ ބުދަ ދުވަހު، ސ. ހިތަދޫ ޔޫތް ސެންޓަރުގައި، ތިރީގައި ބަޔާން ކުރެވިފައިވާ ވަގުތު ތަކުގައެވެ:

ހެނދުނު 10.00 އަކުން ހަވީރު 6.00ގެ ނިޔަލަށް
ރޭގަނޑު 8.00 ން 10.00 އަށް

ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެއެވެ. ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެއެވެ. އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެއެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ކަލަރ ރަން އައްޑޫ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4.00 ން 6.00 ކަށެވެ.

އުރީދޫގެ މަޤްބޫލު ދުވުމުގެ އިތުރުން، ޖޫން 28 ވަނަ ދުވަހުގެ ހެނދުނު 8.00 ން 10.00 އަކަށް ވަނީ ވަރަށް ޚާއްސަ ގުޑި މަހާސަމާ އެއްވެސް އިންތިޒާމް ކޮށްފައެވެ. މި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތަށް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޙާއްސަ ސްޓޯލެއްވެސް ހިމެނިގެންދާނެއެވެ.

ހަމައެއާއި އެކު، އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.

މީގެއިތުރުން އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަހުގެ ހަވީރު 4.00 ން 6.00 ކަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންނެވެ.