Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސް ދުވަހެއްގައި ބަރޮސް މޯލްޑިވްސް - ފޮޓޯ: ޓްރިޕް އެޑްވައިޒަރ

ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

މިއަދު މެންދުރު 13:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ގއ.އަތޮޅުން އައްޑޫ ސިޓީއާ ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވި ނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ނަމަވެސް ރާއްޖޭގެ ކަނޑުތައް މެދުތެރެއާއި އުތުރު އަތޮޅުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދެކުނު އަތޮޅުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.