Last Updated: April 19, 19:29
Friday, April 19, 2024
ވިޔަފާރި

ދެ ރުފިޔާގެ އާ ސްޓޮކެއް ގެނެސްފި

މަރުކަޒީ ބޭންކް އެމްއެމްއޭ. އައްޑޫލައިވް ފޮޓޯ: މިރުސާދް

އެމްއެމްއޭއިން ދެ ރުފިޔާގެ އާ ސްޓޮކް ގެނެސްފިއެވެ.

އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީންް ނެރެފައިވާ ފައިސާާ ފޮތިތަކުގެ ތެރެއިން 2 ރުފިޔާގެ ފައިސާފޮތީގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޖަހައިގެން ރާއްޖެ ގެނެވި، ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ސްޓޮކު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ދެ ރުފިޔާގެ އާ ސްޓޮކެއް ގެނެސްފައިވާއިރު ދާދިފަހުން އެމްއެމްއޭ އިން ވަނީ 50 ލާރީގެ އާ ސްޓޮކެއް ވެސް ގެނެސް ހަޒާނާގައި ރައްކާކޮށްފައެވެ.