Last Updated: April 20, 19:35
Saturday, April 20, 2024
ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަށް ކުރިމަތިލާން ހުޅުވާލައިފި

މިދިޔަ އަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަނުން ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ލިބުނީ ކ. މާފުށީގެ އެރީނާ ބީޗު ހޮޓެލް - ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން އިންތިޒާމްކުރާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ޕީޕަލްސް އެޑިޝަން، ގެސްޓް ހައުސް އެޑިޝަން އަދި ގްރޭންޑް ގާލާއެއް ހިމެނޭއިރު، 45 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުޞަތު މަޓާޓޯއިން ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ އެވޯޑްސްގައި ގެސްޓް ހައުސް އެޑިޝަންގައި 14 ދާއިރާއެއް ހިމެނޭއިރު، އެވޯޑް ދިނުމުގައި އާއްމުންގެ ޚިޔާލާއި، އެސްއެމްއެސްގެ އިތުރުން، ޓްރިޕް އެޑްވައިޒަރގައި ގެސްޓް ހައުސްގެ ރޭންކިންގއަށް ބަލާނެއެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ހިމެނޭ ގެސްޓް ހައުސް އެޑިޝަން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އއ. ތޮއްޑޫގައި އަންނަ ސެޕްޓެމްބަރުމަހުއެވެ. ގާލާ އެޑިޝަންގައި 25 ދާއިރާއަކުން އެވޯޑްދޭއިރު، މިދާއިރާތަކަށް ރިސޯޓް، ސިޓީ ހޮޓާ، ސަފާރީ އަދި އެއަރލައިންތަކުން ވާދަކުރެވޭނެއެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ.