Last Updated: April 18, 16:46
Thursday, April 18, 2024
ކުޅިވަރު

113 މިލިއަން ޕައުންޑަށް ފެލިކްސް އެތްލެޓިކޯ އަށް

ބެންފީކާ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ފޯވާޑް ޖާއޯ ފެލިކްސް ސްޕެއިންގެ އެތްލެޓިކޯ މެޑްރިިޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 19 އަހަރުގެ ފެލިކްސް އެތްލެޓިކޯ އަށް ބަދަލުވީ 113 މިލިއަން ޕައުންޑަށް ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިއާއެކު ފެލިކްސް ވެގެން ގޮސްފައިވަނީ ދުނިޔޭގެ ފަސްވަނަ އަށް އެންމެ ބޮޑު އަގެއްގައި ކްލަބު ބަދަލުކުރި ކުޅުންތެރިޔާ އަށެވެ.

މިދިޔަ ސީޒަނުގައި ޕޯޗުގަލް ލީގު ބެންފީކާ އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް ފެލިކްސް އަކީ އެތްލެޓިކޯ އަށް މިހާތަނަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ ވެސް މެއެވެ. މިދިޔަ ސީޒަނުގައި ފެލިކްސް ވަނީ 43 މެޗު ބެންފީކާ އަށް ކުޅެދީ 20 ގޯލު ކާމިޔާބުކޮށް 11 އެސިސްޓު ހަދާފައެވެ.

އެތްލެޓިކޯގައި ފެލިކްސް ބޭނުން ކުރާނީ އެ ކްލަބު ދޫކޮށްލުމަށް ތައްޔާރުވެފައިވާ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ބޭނުންކުރި ހަތް ނަމްބަރު ޖޯޒީއެވެ. ގްރިޒްމަން އެތްލެޓިކޯ ދޫކޮށްލުމަށްފަހު ބަދަލުވުން ކައިރީ ބާސެލޯނާ އަށެވެ.