Last Updated: March 28, 16:36
Thursday, March 28, 2024
ކުޅިވަރު

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ފަރިތަކުރުންތަކުގައި ފަސްޓް ލޭޑީ ބައިވެރިވެ ވަޑައިގެންފި

ފަސްޓް ލޭޑީ ފަޒްނާ މާޒިންގެ ފަރިތަކުރުންތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ފަރިތަކުރުންތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

އެގޮތުން ފަސްޓް ލޭޑީ ފަޒްނާ ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރަލިމްޕިކް އިވެންޓުގައި ރާއްޖެ ތަމްސީލުކުރާ ދުވުންތެރިޔާ، މުޙައްމަދު މާޒިންގެ ފަރިތަކުރުންތަކުގައި ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ.

މާޒިން އަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ އެތްލީޓެވެ. މާޒިންއާއެކު މީގެކުރިން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ފަރިތަކުރުންތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން 10ކުޅިވަރަކުން ވާދަކުރާނެއެވެ. ގޭމްސްގައި ރާއްޖެއިން 15 މެޑަލް ހޯދުމަށް އަމާޒު ހިފާފައިވާއިރު، އެންމެ ފަހުގެ އައިއޯއައިޖީގައި 8 މެޑަލް ހޯދިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކުރިއަށްދާނީ މިމަހު 18 އިން 28 އަށް މޮރިޝަސްގައެވެ.