Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި

ކުރީގެ ރައީސް ޔާމީން، ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑރިންގެ މައްސަލައިގެ އަޑުއެހުމަކަށެވެ. ޔާމީން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑރިންގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެ ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން އެ އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފައެވެ. އަދި ޔާމީން ބަންދުން ދޫކޮށްލަން ކުރި އަމުރާއި އޭނާގެ އެކައުންޓުތައް ފްރީޒުކުރަން ކުރި އަމުރު ހައިކޯޓުން ބާތިލް ކުރުމުން ޕީޖީން ވަނީ އެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.

މިދިޔަ މެއިމަހުގައި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އިސްތިއުނާފުގެ އަޑުއެހުމުގައި ޕީޖީން ވަނީ ޔާމީންގެ އެކައުންޓުތައް ފްރީޒު ކޮށްދިނުމަށް އެދިފައެވެ. އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފައިވާއިރު ދެން އޮންނާނީ އެ މައްސަލައިގެ ހުކުމެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލާގައި ޔާމީންގެ މައްޗަށް އަދި ދައުވާ ކުރައްވާފައެއް ނުވެއެވެ.

ޔާމީންގެ އިތުރުން އޭނާގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް ރީގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި ޢާއިޝަތު އާޒިމާ ޝަކޫރު ކްރިމިނަލް ކޯޓަށް ހާޒިރުވާންވެސް ވަނީ ޗިޓު ފޮނުވާފައެވެ. އާޒިމާ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށެވެ.

އާޒިމާ ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލާގައި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެންނެވެ.