Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

ނިޔާޒާއެކު އޭސީސީ އަށް ކުރިމަތިލި 12 މީހެއްގެ ނަން ކޮމިޓީއަށް

ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް - ފޮޓޯ: ސަން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވާފައިވާއިރު މިސިޓީގައި ވަނީ އޭސީސީ އަށް އައްޔަން ކުރަން ފެންނަ 12 ނަމެއް ފާހަގަކުރައްވާފައެވެ. ރައީސް ފާހަގަ ކުރެއްވި ނަންތަކުގެ ތެރޭގައި ކުރީގެ އޮޑިޓަ ޖެނެރަލް ކަން ކުރެއްވި ނިޔާޒް އިބްރާހިމް ހިމެނިވަޑައިގަންނައެވެ.

އެ 12 ފަރާތުގެ ނަން އިތުރަށް ދިރާސާ ކުރުމަށް ރިޔާސަތުން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައެވެ.

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އޭސީސީން ހުޅުވާލީ އެ ކޮމިޝަނުގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.

އޭސީސީ އަށް އައްޔަންކުރަން ރައީސަށް ފެނިވަޑައިގެންނެވި 12 ނަންފުޅު:

1. ފާތިމަދު އަނޫލާ، ގ. ވަޑިނޮޅުގެ
2. އާރިފް ރަޝީދު، ބާޑްވިލާ، ބ. ތުޅާދޫ
3. ޒީނިޔާ އަބްދުﷲ، މަދޮށިމާގެ، ހއ. ބާރަށް
4. އިބްރާހިމް ޝަކީލް، ދަފްތަރު ނަމްބަރު 3654
5. އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންވަރު
6. މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ
7. މުޖުތަބާ ހަމީދު، ދީފްރޮމްގެ، ރ. ކަދޮޅުދޫ
8. އަލީ އަޝްރަފު، ދަފްތަރު ނަމްބަރު 3366
9. މަރިޔަމް އަހްމަދު. ގ. ޓުރަސްޓްހޯމް
10. ނިޔާޒު އިބްރާހިމް، ބްރޫމް، ގދ. ތިނަދޫ ރ
11. އަބްދުﷲ މިޒްއާން، ރަތްވިލާގެ، ކަނދޮޅުދޫ
12. އާދަމް ޝާމިލް، ރަތްވިލާގެ، ތ. ވިލުފުށި