Last Updated: April 18, 09:27
Thursday, April 18, 2024
ޚަބަރު

އާޒިމާ އަށް ކުރާ ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

ކުރީގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރ އާޒިމާ ޝަކޫރު، ފޮޓޯ: ރާއްޖެއެމްވީ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ލިޔުންތައް ހަވާލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އާޒިމާއާ ލިޔުންތައް ހަވާލުކޮށްފައިވަނީ މިއަދު ހެނދުނުއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެވެ. މި ދެ ދައުވާ ވެސް އާޒިމާގެ މައްޗަށް އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

މި ދެ ދައުވާ އާޒިމާގެ މައްޗަށް އުފުލާފައިވާއިރު ޕީޖީ އޮފީހުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގގެ ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ފަށާފައިވާއިރު، ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ހައިކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފައެވެ.

މި މައްސަލަތަކުގެ ތަހުގީގަށް ޔާމީން އާއި އާޒިމާ މީގެކުރިން އެތަށް ފަހަރެއްގެ މަތިން ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.