Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ޔޫއެފާ ޔޫތް މުބާރާތުގެ އެއާލައިން ޕާޓްނަރަކަށް މޯލްޑިވިއަން

އައްޑޫ ސިޓީގައި ބާއްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް މުބާރާތުގެ އެއާލައިން ޕާޓްނަރަކަށް ގައުމީ އެއާލައިން މޯލްޑިވިއަން ހަމަޖައްސައިފިއެވެ.

އެކަމުގެ އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާއެވެ.

އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރެއެވެ.

ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓް ކުރިއަށް ދާނީ މި މަހުގެ 20 ވަނަ ދުވަހުން 29 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.