Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

މާފުށީ ޖަލުން ފިލި ގައިދީއަކު ހޯދައިފި

މާފުށީ ޖަލުން ރޭ ފިލި ގައިދީއަކު ހޯދައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ރޭ ދަންވަރު މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުން ގައިދީއަކު ފިލުމުން އޭނާ ހޯދައި ހެނދުނު 6:55 ހާއިރު އަލުން އަނބުރާ ޖަލަށް ގެންދެވިފައިވާ ކަމަށެވެ.

އެ ގައިދީ ހޯދަން ކުރި މަސައްކަތުގައި ފުލުހުންގެ އިތުރުން މާފުށީ ރައްޔިތުންގެ އެހީތެރިކަން ލިބުނުކަން ކަރެކްޝަންސް އިން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އޭނާ ހޯދާފައިވަނީ ކޮން ތަނަކުން ކަމެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ. ކަރެކްޝަންސް އިން އާއްމުކުރި ފޮޓޯއަކަށް ބަލާއިރު ބޮޑަށް ބެލެވެނީ އޭނާ ހޯދާފައިވަނީ ކަނޑު މަތިންނެވެ.