Last Updated: April 19, 21:20
Friday, April 19, 2024
ޚަބަރު

ރައީސް ސޯލިހު ތިނަދޫ އަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ.ތިނަދޫ އަށް ވަޑައިގެންފިއެވެ.

މިއަދު ހަވީރު ރައީސް ސޯލިހު ތިނަދޫ އަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ތިނަދޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސް ސޯލިހު ތިނަދޫ އަށް ވަޑައިގެންނެވީ މަސް ކަނޑުތަކުގެ ނަފާ ދިވެހި މަސްވެރިންނަށް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް މިރޭ ތިނަދޫގައި ބާއްވާ "ޖަޒީރާ ހޮޅުއަށި" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ތިނަދޫގައި ބާއްވާ "ޖަޒީރާ ހޮޅުއަށި" ޕްރޮގްރާމް އޮންނާނީ މިރޭ 8:30 ގައެވެ. މިއީ އަތޮޅުތެރޭގެ ރަށެއްގައި މި ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ތަފާތު އެކި ދާއިރާތަކާ ގުޅޭގޮތުން ހިޔާލު ހޯދުމަށް މީގެކުރިން މާލޭގައި ވަނީ "ޖަޒީރާ ހޮޅުއަށި" ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުންތަކުގައި ރައީސް ސޯލިހުގެ އިތުރުން ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެން އާއްމުންގެ ސުވާލުތަކަށް ވަނީ ޖަވާބު ދެއްވާފައެވެ.