Last Updated: March 28, 21:43
Thursday, March 28, 2024
ޚަބަރު

ޖާބިރު ޑީއާރްޕީއާ ގުޅިވަޑައިގަންނަވަނީ

އަބްދުﷲ ޖާބިރު - ފޮޓޯ: ސަން

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

ޑީއާރްޕީން މިއަދު ބުނީ އެ ޕާޓީގެ ކައުންސިލާ ޖާބިރު މިއަދު ބައްދަލުކުރައްވާފައިވާ ކަމަށާއި އެގޮތުން މަޖިލީހުގެ އިތުރު ދެ މެމްބަރުންނާއެކު އެ ޕާޓީ އަށް ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި ޖާބިރަށް އެ ޕާޓީން މަރުހަބާ ކިޔާނެ ކަމަށްވެސް ޑީއާރްޕީން ބުންޏެވެ.

https://twitter.com/drpmaldives/status/1149666535008395264

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖާބިރު އިންތިހާބުވެ ވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުުގައެވެ. އޭނާ އަމިއްލަ ގޮތުން އެ އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތުމާ ގުޅިގެންނެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރެއްވި ޖާބިރު މީގެކުރިން ވެސް ވަނީ ޑީއާރްޕީގައި މަސައްކަތް ކުރައްވާފައެވެ. ޑީއާރްޕީގެ ލީޑަރު ކަމުގެ މަގާމުގައި މިވަގުތު ހުންނެވީ ކުރީގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.