Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ނަޑާލް ބަލިކޮށް ފެޑެރާ ފައިނަލަށް

ރަފޭލް ނަޑާލް ބަލިކުރުމަށްފަހު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލަށް ރޮޖާ ފެޑެރާ ދަތުރުކޮށްފިއެވެ.

އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ފެޑެރާ ދަތުރުކުރީ ނަޑާލްގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 7-6 އިން ކާމިޔާބުކުރީ ފެޑެރާއެވެ. ޖެހިގެން އައި ސެޓު ވަރަށް ފަސޭހަކަމާއެކު 1-6 އިން ނަޑާލް ގެންދިޔަ ނަމަވެސް ދެން ޖެހިގެން އައި ދެ ސެޓު 6-3 އަދި 4-6 އިން ކާމިޔާބުކޮށް ފެޑެރާ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

މިއީ އުމުރުން 37 އަހަރުގެ ފެޑެރާ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި 12 ވަނަ ފަހަރެވެ. އޭނާ ވަނީ މި މުބާރާތް މީގެކުރިން އަށް ފަހަރު ކާމިޔާބުކޮށްފައެވެ.

ފައިނަލްގައި ފެޑެރާ ނިކުންނާނީ ސާބިޔާގެ ނޮވަކް ޖޮކޮވިޗްއާ ދެކޮޅަށެވެ. ޖޮކޮވިޗް ފައިނަލަށް ދަތުރުކުރީ ސެމީގައި ސްޕެއިންގެ ބައުޓިސްޓާގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިގެންނެވެ.

ނަޑާލް އާއި ފެޑެރާ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ.