Last Updated: April 18, 18:36
Thursday, April 18, 2024
ވިޔަފާރި

އަނެއްކާވެސް ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މިއަދުން ފެށިގެން އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގުން 1 ރުފިޔާ ހެޔޮ ކުރަން ނިންމައިފިއެވެ.

އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 10.13 ރ. އަށެވެ. މިއީ އެސްޓީއޯ އިން މި އަހަރު ތެރޭގައި ތެލުގެ އަގު ހެޔޮ ކުރި ހަތަރު ވަނަ ފަހަރެވެ.

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ހެޔޮކުރި ނަމަވެސް ޑީސަލްގެ އަގަށް މިފަހަރު ބަދަލެއް ގެނެސްފައެއް ނުވެއެވެ.