Last Updated: March 28, 16:50
Thursday, March 28, 2024
ކުޅިވަރު

ފެޑެރާ ބަލިކޮށް ޖޮޮކޮވިޗް ޗެމްޕިއަންކަން ހޯދައިފި

ފައިނަލްގައި ރޮޖާ ފެޑެރާ ބަލިކޮށް ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ނޮވަކް ޖޮކޮވިޗް ހޯދައިފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ޖޮކޮވިޗް ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ސެޓު 7-6 އިން ޖޮކޮވިޗް ގެންދިޔައިރު ދެވަނަ ސެޓު ވަރަށް ފަސޭހަކަމާއެކު 1-6 އިން ފެޑެރާ ވަނީ ގެންގޮސްފައެވެ. ނަމަވެސް ތިންވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 7-6 އިން ޖޮކޮވިޗް ގެންދިޔައިރު ހަތަރުވަނަ ސެޓު 4-6 އިން ކާމިޔާބުކޮށް ފެޑެރާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

ނަމަވެސް ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 12-13 (7-3) އިން ކާމިޔާބުކޮށް ޖޮކޮވިޗް ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.

މިއީ ޖޮކޮވިޗް ވިމްބަލްޑަން ކާމިޔާބުކުރި ފަސްވަނަ ފަހަރު ކަމަށްވާއިރު، މިއީ އޭނާގެ ކެރިއަރުގައި ހޯދި 16 ވަނަ ގްރޭންޑް ސްލޭމް ވެސް މެއެވެ. ޖޮކޮވިޗް އަކީ ދުނިޔޭގެ އެއް ނަމްބަރު ފިރިހެން ޓެނިސް ކުޅުންތެރިޔާއެވެ.