Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ސަންރައިޒް" ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި

ސަންރައިޒް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފި އެެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ މ.މަލިކުވިޔު، ސަޢީދާ ރަޝާދަށް ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ރާއްޖޭގައި މިހާރުވެސް ނުވަ ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.