Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައްޑޫގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި

އައްޑޫ ސިޓީގެ ބައެއް ހިސާބުތަކަށް އުދަ އަރައިފިއެވެ.

އެގޮތުން އެންމެ ބޮޑަށް އުދަ އަރަމުންދަނީ މަރަދޫ އާއި މަރަދޫ ފޭދޫ އަދި ފޭދޫ އަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އުދައިގެ އަސަރު ފޯރާ ފަރާތްތަކުން މަރަދޫ އިންނަމަ 7787601 އަށް، މަރަދޫ ފޭދޫ އިންނަމަ 7770603 އަށް އަދި ފޭދޫ އިންނަމަ 7872956 ނަމްބަރަށް ގުޅައި ރިޕޯޓު ކުރުމަށް އެދިފައެވެ.

އައްޑޫގެ އިތުރުން ގދ.ހޯޑެއްދޫ އަށް ވެސް މިއަދު މެންދުރު ވަނީ އުދަ އަރާފައެވެ.

އައްޑޫގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ އުދަ އެރުމުގެ ފުރުސަތު އޮންނާނެ ކަމަށް ލަފާކޮށް މިއަދު މެންދުރު 15:00 އާއި ހަމައަށް މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ.