Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މިދިޔަ މަހުގެ ނިޔަލަށް 502 ކަމަކަށް ބަންޑާރަ ނާއިބު ލަފާ ދެއްވި

އެޓަރނީ ޖެނެރަލް ރިފްއަތު ރައީސް އޮފީހުގައި --

ރާއްޖޭގެ ބަންޑާރަ ނައިބު ކަމާ، އިބްރާހިމް ރިފްއަތު ހަވާލުވެވަޑައިގެންނެވި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް 502 ކަމަކާ ގުޅޭ ގާނޫނީ ލަފާ އަރުވާފައި ވާކަމަށް އެ އޮފީހުން ހާމަކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު މީޑިއާތަކަށް ހިއްސާކޮށްފައިވާ ގާނޫނީ ލަފާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެއްބަސްވުންތަކާ ގުޅޭގޮތުން 170 ލަފައެއް އޭޖީ ވަނީ ދެއްވައިފަ އެވެ. ގަވާއިދުތަކާ ގުޅިގެން 67 ލަފައެއް އަރުވާފައި ވާއިރު، އުސޫލުތަކާ ގުޅޭގޮތުން އަރުވާފައި35 ލަފައެއް ވަނީ އަރުވާފައެވެ.

މި ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުން 16 ލަފައެއް އަރުވާފައިވާއިރު މުއާހަދާ ތަކާ ގުޅޭ ފަސް ލަފައެއް ވެސް އޭޖީ ބަންޑާރަ ނާއިބު ވަނީ ދެއްވާފައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އެހެނިހެން ކަންތައްތަކާ ގުޅިގެން 209 ލަފައެއް އެ އޮފީހުން ވަނީ ދީފަ އެވެ.