Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރާއްޖެ އަށް ފެންނާނެހެން ހަނދުކޭތައެއް މިރޭ ހިފަނީ

ރާއްޖެއަށް ފެންނާނެ ހެން ހަނދުކޭތައެއް މިރޭ ހިފާނެއެވެ.

މި ހަނދުކޭތަ ހިފަން ފަށާނީ މިރޭ ރާއްޖޭ ގަޑިން 23:43 ގައެވެ. ކޭތަ ވީއްލާނީ ފަތިހު 5:17 ގައެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 2:30 ގައެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވުމުން ކޭތަ ހިފާ ގަޑީގައި ވިލާ ބޯ ނޫންނަމަ މި ކޭތަ ރާއްޖެއަށް ފެންނާނެއެވެ.

ރާއްޖެއަށް ދެން ހަނދުކޭތައެއް ހިފާނީ އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.