Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބަޔާން ޖޭއެސްސީން ނަގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް --

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބަޔާން އެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީން ނަގައިފިއެވެ.

ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން މިއަދު ވަނީ ތިން ފަނޑިޔާރުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާކަން މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ސުޕްރީމް ކޯޓުން ބަލަމުން އަންނަނީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭ ދެ މައްސަލައެކެވެ. ނަމަވެސް އެ ބޭފުޅުންނާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ތަފްސީލެއް ޖޭއެސްސީން ދީފައެއް ނުވެއެވެ.

މި މައްސަލަ ބަލަން ނިންމިއިރު ފަނޑިޔާރު އަބްދުﷲ އަރީފަކީ ޖޭއެސްސީގެ ރައީސް ވެސް މެއެވެ.

މި މައްސަލަތައް ބެލުމަށް ޖޭއެސްސީން ވަނީ ހަތް މެންބަރުންގެ މައްޗަށް ހިމެނޭ ކޮމެޓީއެއް އެކުލަވާލައިފައެވެ. ކޮމިޝަންގެ ނައިބު ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެންބަރު މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ތުޅާދޫ ދާއިރާ މެންބަރު ހިސާން ހުސެއިން އެވެ.

ޖޭއެސްސީން މިހާރުވެސް އަންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ބަލަމުންނެވެ.