Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު

ހުރިހާ ރަށެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރާނެ

މިރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކައުންސިލްތަކުގެ އިދާރާތަކަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ މިރޭ 23:45 އިން ފެށިގެން މިރޭ 5:17 އާއިއާ ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެ ކަމަށާއި، އެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ފަަލަކީ ހިސާބުތަކުން ދައްކާތީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މެންދަމުން އަލިވެ 3:30 ގައި ކޭތަ ނަމާދުކުރުން އޮންނާނެ ކަމަށެވެ.

އެހެންކަމުން އެކަމާ ގުޅޭ އިންތިޒާމުތައް ކައުންސިލް އިދާރާތަކުން ހަމަޖައްސައި ދިނުމަށާއި، ކޭތަ ނަމާދު ހުތުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވުމުން ކޭތަ ހިފާ ގަޑީގައި ވިލާ ބޯ ނޫންނަމަ މި ކޭތަ ރާއްޖެއަށް ފެންނާނެއެވެ.

ރާއްޖެއަށް ދެން ހަނދުކޭތައެއް ހިފާނީ އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.