Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

އިންޖީނު ހުއްޓުނު ދޯންޏަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ވ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި "ބަރަކާތް" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏަކަށް ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 17:38 ގައި ކަމަށާއި އަދި ދޯނީގެ ވެރިފަރާތުން އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ބައެއް ސާމާނު ހަވާލުކުރުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އެ ދޯންޏެއް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯނީގެ އިންޖީނު މަރާމާތު ކުރުމަށްފަހު މިރޭ 19:38 ގައި މާލެ އައުމަށް ދަތުރު ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.