Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފޮރިން މިނިސްޓަރު، ކޮމޮރޮސްގެ ރައީސްއާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ކޮމޮރޮސްގެ ރައީސް އަޒާލީ އައްސައުމާނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝާހިދުގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ޝާހިދު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ކޮމޮރޮސްގެ ރައީސް އަށް ރަސްމީ ސިޓީފުޅެއް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި ކޮމޮރޮސްއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ އިތުރުން މި ދަތުރުފުޅުގައި، ޚާރިޖީ ވަޒީރު ވަނީ، ކޮމޮރޮސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ކޯޕަރޭޝަން މުޙައްމަދް އެލް-އަލްމިން ސޫއެފް އަދި ކޮމޮރޮސް ގެ މިނިސްޓަރ އޮފް ޔޫތް، އެމްޕްލޯއިމެންޓް، އޮކިޔުޕޭޝަނަލް އިންޓެގްރޭޝަން، ކަލްޗާރ އެންޑް ސްޕޯޓްސް، ހާރ އެކްސެލެންސީ ލަޑެންޓި ހޫމަޑީއާ ވަނީ ބައްދަލުކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ކޮމޮރޮސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.