Last Updated: April 18, 10:49
Thursday, April 18, 2024
ކުޅިވަރު

200 މީޓަރ ފްރީ ސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް މުބާލް އާކޮށްފި

ފިރިހެނުންގެ (ލޯންގ ކޯސް) 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފިއެވެ.

ކޮރެއާގައި މި މަހުގެ 12 ން 28 ށް ކުރިއަށްދާ 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސް ގައި މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ 02:09.06 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް މުބާލް އެވެ.

އެއީ، 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 02:11.26 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.