Last Updated: March 28, 17:07
Thursday, March 28, 2024
ޚަބަރު

ހުޅުމީދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖެނެރޭޓަރެއް ފޮނުވައިފި

މިއަދު ހުޅުމީދޫއަށް ގެނައި ގެންސެޓު- ފޮޓޯ: ފެނަކަ

އައްޑޫ ސިޓީ ހުޅުމީދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ފަރާތުން ޖެނެރޭޓަރެއް ފޮނުވައިފިއެވެ.

ފެނަކައިން ބުނީ ހުޅުމީދޫގެ ކަރަންޓަށް ކުރިއަށްވުރެ ބޮޑަށް މިހާރު ޑިމާންޑް އިތުރުވަމުންދާތީ ދިމާވާ މައްސަލަ ހައްލުކުރުމަށް އެރަަށަށް 800 ކިލޯވޮޓްގެ ޖެންސެޓެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ޖެންސެޓު މިހާރު ހުޅުމީދޫގެ ޕަވަރ ހައުސްއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ.

ހުޅުމީދޫއަކީ އައްޑޫގެ ގުޅިފައިވާ އެހެނިހެން ރަށްތަކާއި ވަކިން އޮންނަ ރަށެކެވެ. ހުޅުމީދޫގައި ފަސްހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތްއިރު، އެ ދެރަށުގެވެސް ކަރަންޓުގެ ޑިމާންޑްދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ނެވެ.

މީގެ އިތުރަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުންވެސް ދޭތެރެ ދޭތެރެއިން ލޯޑް ބޮޑުވެ ކަރަންޓު ކަނޑައިގެންދާ މައްސަލަ ދިމާވެއެވެ.