Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޖޭއެސްސީގެ މެންބަރުކަމުގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައިފި

ޖޭއެސްސީގެ ޓީމެއް- ފޮޓޯ: ޖޭއެސްސީ

ބާ ކައުންސިލް މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ ވަކީލު ކަމަށް 6 ބޭފުޅަކު ކުރިމަތިލައިފި އެވެ.

މި އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުނެގުން މިރޭ 20:00 ގައި ބާޖަމާލުއްދީނުގައި އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މިއިންތިޚާބުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީރަޖިސްޓަރ ކުރުމުގެ ފުރުސަތު މިރޭ 09:00 އާއި ހަމަޔަށްވަނީ އިތުރުކޮށްފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.
އެގޮތުން މި އިންތިހާބު އޮބްޒާވް ކުރުމާއި މޮނިޓަރ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

މަޖިލީހުން ފާސްކޮށް ރައީސް ތަސްދީޤްކުރެއްވި ޤާނޫނީ ފަންނުގެ ޤާނޫނު ބުނާގޮތުންނަމަ ބާކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީއަށް އިންތިހާބުކުރަންޖެހެއެވެ. އަދި އެ ޤާނޫނުގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިހާބުކުރާ ޤާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ ޤާނޫނީ ވަކީލަކަށް ވާންޖެހެއެވެ.

އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރުގެ މެންބަރުކަން، ނިމުމަކަށް އަންނާނެކަމަށްވެސް އެ ޤާނޫނުގައި ބުނެފައިވެއެވެ.