Last Updated: April 18, 09:18
Thursday, April 18, 2024
ޚަބަރު

ފަޔާޒުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި

ބޮން ގޮއްވި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ- ފޮޓޯ: ސަން

ކުރީގެ ކާނަލް އަހްމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)ގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލު ކޮށްފިއެވެ.

ކާނަލް ފަޔާޒުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ 2015 ވަަނަ އަހަރު ސެޕްޓެމްބަރު މަހު ރައީސް ޔާމީންގެ ދެކަނބަލުން ރިޔާސީ ލޯންޗުކޮޅުގައި ވަޑައިގަންނަވަނިކޮށް އޭގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅި ކަމުގެ ކުށުގައި އިއްވި ހުކުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅި ކަމުގެ ކުށުގައިކުރި ހުކުމެވެ.

މައުލޫމާތް ލިބޭގޮތުގައި އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލުކުރީ މި މައްސަލާގައި ތަހުގީގު ކުރަން ޖެހޭ ކަންތައްތައް އެންމެ ރަނގަޅަށް ތަހުގީގު ކޮށްފައި ނުވާތީ ކަމަށް ބުނެެއެވެ.

ކާނަލް ފަޔާޒުގެ މައްޗަށް ކުރި ދެ އަހަރުގެ ޖަލު ހުކުމް އޭނާ ވަނީ މިދިޔަ އަހަރު ތަންފީޒުކޮށްފަ އެވެ.