Last Updated: March 29, 09:35
Friday, March 29, 2024
ޚަބަރު

ޖާބިރު ޑީއާރްޕީ އަށް ސޮއިކުރައްވައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސޮއިކުރައްވައިފިއެވެ.

ޖާބިރު ޑީއާރްޕީ އަށް ސޮއިކުރެއްވީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖާބިރުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރިފާއު (ބޮޗޭ) ވެސް ވަނީ ޑީއާރްޕީއަށް ސޮއިކުރައްވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖާބިރު އިންތިހާބުވެ ވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުުގައެވެ. އޭނާ އަމިއްލަ ގޮތުން އެ އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތުމާ ގުޅިގެންނެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރެއްވި ޖާބިރު މީގެކުރިން ވެސް ވަނީ ޑީއާރްޕީގައި މަސައްކަތް ކުރައްވާފައެވެ. ޑީއާރްޕީގެ ލީޑަރު ކަމުގެ މަގާމުގައި މިވަގުތު ހުންނެވީ ކުރީގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.