Last Updated: March 29, 17:30
Friday, March 29, 2024
ވިޔަފާރި

ދިރާގުގެ ޚިދުމަތްތަކަށް ބުރޫއަރައި ކަސްޓަމަރުންނަށް ބޮޑެތި ދަތިތަކެއް!

ދިރާގު ހެޑް އޮފީސް - ފޮޓޯ: ހުސެއިން އިބްރާހިމް (ވީނިއުސް)

ދިރާގުގެ ބައެއް ހިދުމަތްތަކަށް ބުރޫއަރައި އެ ނެޓްވޯކް ބޭނުންކުރާ ކަސްޓަމަރުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހެއްޖެއެވެ.

އެކަމާ ގުޅިގެން ދިރާގުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.

އަދި މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ގިނަ މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތްތަކެއް ކަމަށާއި މި ދުވަސްކޮޅު ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތައް ބޭނުންކުރުމުގައި ދިމާވަމުންދާ ދަތިތަކަކީ މި އަޕްގްރޭޑް މަސައްކަތާ ގުޅިގެން ދިވާމަވަމުންދާ ދަތިތަކެއް ކަމަށްވެސް ދިރާގުން ބުންޏެވެ.

ބުރޫއަރާނެ ހިދުމަތްތައް

o ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ޚިދުމަތްތައް

o މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން

o ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް

o މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)

o ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނާޝޮޕް ތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން

o މޮބައިލް ނަންބަރ ޕޯރޓަބިލިޓީ

ކަސްޓަމަރުންނަށް ޑޭޓާ، އެސް. އެމް. އެސް އަދި ވޮއިސް ކޯލްގެ ޚިދުމަތައް ބޭނުން ކުރެވޭނެއެވެ.

ދިރާގުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތަށް ބޭނުން ކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ މައި ޚިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތް ރާވާ ކުރިއަށް ގެންދިޔުން" ދިރާގުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި މަސައްކަތް ކުރިއަށްގެންދާ ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ދިރާގުން ވަނީ މައާފަށް އެދިފައެވެ.