Last Updated: April 25, 11:51
Thursday, April 25, 2024
ވިޔަފާރި

ސްރީލަންކަން އިން ރާއްޖެއާ ޓޯކިއޯ އާއި ދެމެދު ދަތުރުތައް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ - ފޮޓޯ: ޓްވިޓާ (ވީއައިއޭ)

ސްރީލަންކަން އެއަރލައިނުން ޖަޕާންގެ ޓޯކިއޯ އާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް ފަށައިފިއެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޖަޕާންގެ ނަރީތާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލޭނާ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ.

ހަފްތާއަކު ހަތަރު ދަތުރު ޓޯކިއޯއިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައި ވެއެވެ. ރާއްޖެއަށް ނުވަވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ޖަޕާނުން ރާއްޖެއަށް، 22،624 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %18 އިތުރު އަދަދެކެވެ.