Last Updated: April 24, 06:35
Wednesday, April 24, 2024
މުނިފޫހިފިލުވުން

މިސްރުގައި ބާއްވާ މިއުޒިކް ފެސްޓިވަލަކަށް ފުރުސަތު ހުޅުވާލައިފި

އަންނަ ސެޕްޓެމްބަރު މަހު މިސްރުގައި ބާއްވާ މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އިން އިންތިޒާމުކޮށްގެން އަންނަ މަހުގެ 20 ން 27 އަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް އޮފް ރިލިޖަސް ޗާންޓިންގ އެންޑް ސޫފީ މިއުޒިކް "ސަމާ" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށް ކަމަށް އެންސީއޭ އިން ބުނެއެވެ.

މި ގުރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް މި ފެސްޓިވަލް އިންތިޒާމު ކުރާ ފަރާތަކުން އަންގާފައިވީ ނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ އަދި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހޭނީ ބައިވެރިވާ ގްރޫޕަކުން ކަމަށް އެންސީއޭ އިން ބުނެއެވެ.

މިފެސްޓިވަލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރުމަށްފަހު sammafestival@gmail.com އަށް މެއިލްކުރުމަށް އެންސީއޭ އިން ވަނީ އެދިފައެވެ.