Last Updated: April 24, 16:21
Wednesday, April 24, 2024
ވިޔަފާރި

އުރީދޫއަށް 491 މިލިއަން ރުފިޔާގެ އާމްދަނީއެއް

އުރީދޫ ހެޑް އޮފީސް - ފޮޓޯ: ވީނިއުސް

އުރީދޫއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 491 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.

އުރީދޫއިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރު އަދަދެއްކަމަށެވެ. އުރީދޫއަށް ލިބުނު އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޕޯސްޓްޕެއިޑާއި ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާކުރުން ހިމެނޭކަމަށް އުރީދޫއިން ބުނެއެވެ.

ކުންފުންޏަށް ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 27 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް އެކުންފުނިން ބުނެއެވެ. އެކުންފުނިން ވަނީ މިދިޔަ ކުއާޓަރުގައި އާ ހިދުމަތްތަކެއްވެސް ތައާރަފްކޮށްފައެވެ.

އޭގެ ތެރޭގައި ރާއްޖޭގައި އަލަށް ތައާރަފްކުރި އީ-ސިމްގެ ހިދުމަތާއި، އުރީދޫ ސުޕަރ ނެޓްގެ ހިދުމަތް ހިމެނެއެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް އުރީދޫ މޯލްޑިވްސްއިން ވަނީ ދެވަނަ ކުއާޓަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ.