Last Updated: April 16, 15:11
Tuesday, April 16, 2024
ވިޔަފާރި

ފޭދޫގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓަނީ

ހިތަދޫގައި ހުންނަ އެމްއައިބީ އައްޑޫ ބްރާންޗް. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީ ފޭދޫގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ބެހެއްޓުމަށް ނިންމައިފިއެވެ.

އިސްލާމިކް ބޭންކުން މިއަދު ވަނީ މި އޭޓީއެމް ބެހެއްޓުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިދްރީސް ކާޕެންޓްރީއާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްއައިބީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ސީއޯއޯ އަހުމަދު ރިޒާއެވެ. އިދްރީސް ޓްރޭޑިން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު ޝަރީފެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިހާރުވެސް އެމްއައިބީގެ އޭޓީއެމްއެއް ހުންނައިރު، މުޅި ރާއްޖޭގައި ހުރި އެ ބޭންކުގެ އޭޓީއެމްގެ އަދަދަކީ 13 އެވެ. އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް އައްޑޫގެ އިތުރުން މާލެ އާއި ހުޅުމާލޭ، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކުން ލިބެއެވެ.

އެމްއައިބީން މިހާރު އަންނަނީ އާއްމުންނަށް ހިއްސާ ވެސް ވިއްކަމުންނެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާ ވިއްކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.