Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

މަރަދޫ އީދި ސަމާ: ކުއްލިޔާ މުބާރާތް ފަށައިފި

އީދު ފާހަގަކުރުމަށް އައްޑޫ ސިޓީ މަރަދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުއްލިޔާ މުބާރާތް މިއަދު ފަށައިފިއެވެ.

މި މުބާރާތުގައި އަންހެން އަދި ފިރިހެން ޓީމުތައް ވެސް ބައިވެރިވެފައިވާއިރު، މިއަދު ވަނީ މި ދެ ބައިން ވެސް ތިން މެޗު ކުޅެފައެވެ.

އެގޮތުން އަންހެން ފުރަތަމަ މެޗުގައި ބައްދަލުކުރީ އައިއެސް ހެސޯ އާއި އައިއެސް ހޭވައްލާއެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ހެސޯ އިންނެވެ. ދެވަނަ މެޗު ކުރުކުލިއާ ބައްދަލުކޮށް 2-0 އިން ކާމިޔާބުކުރީ އޯކިޑު ޓީމުން ކަމަށްވާއިރު ތިންވަނަ މެޗު އިއްތިފާގު އެމްޑީއާ ބައްދަލުކޮށް 1-0 އިން ކާމިޔާބުކުރީ ކުރަނގި އެމްއެސްއެވެ.

މިއަދުގެ ފިރިހެން ބައިގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޯރަ އާއި ވީއެސް ވިސް ވިސްއެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ވިސްވިސްއެވެ. ދެވަނަ މެޗު ކެރެނދިއާ ބައްދަލުކޮށް 1-4 އިން ޗެލެންޖާސް އިން ކާމިޔާބުކުރިއިރު ވިސްވިސް އާއި ތިންބުރިންނިޔަރާހެ ބައްދަލުކުރި ތިންވަނަ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، އީދު ބަންދާ ދިމާކޮށް މަރަދޫގައި އިތުރު ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ވާދެމުމާއި މަސް ރޭސް ފަދަ ކުޅިވަރުތައް ހިމެނެއެވެ.

މި ހަރާކަތަކީ މަރަދޫގެ ކުދި ބޮޑު އެންމެހާ ރައްޔިތުންގެ އެހީތެރިކަމާއި އެކު ކުރިއަށްގެންދާ ފޯރިގަދަ ހަރަކާތްތަކެވެ.