Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދައިފި

އައްސޭރި ޖަލު

ކ.ހިންމަފުށީ އައްސޭރި ޖަލުން ރޭ ފިލި ގައިދީއަކު ހޯދައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރޭ 22:08 ހާއިރު ހިންމަފުށީ އައްސޭރި ޖަލުން ގައިދީއަކު ފިލާފައިވާ ކަމުގެ މައުލޫމާތު ހިންމަފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު ކަމަށެވެ.

އެއާއެކު ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ގުޅިގެން ކުރި މަސައްކަތުން ފިލި ގައިދީ ހޯދައި އަނބުރާ ހިންމަފުށީ ޖަލަށް ގެންދެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެ ގައިދީ ފެނިފައިވަނީ ހިންމަފުށިން ރޭ ގާތްގަނޑަކަށް 22:13 ހާއިރު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށެވެ. ނަމަވެސް އޭނާ އެ ޖަލުން ފިލި ގޮތެއް އޮފިޝަލް ހާމައެއް ނުކުރެއެވެ.