Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

މަހުލޫފް ސަޕޯޓަރުންނަށް: ރަތް ކުލައިން މިރޭ ސޯޝަލް ސެންޓަރު ފުރާލަދެއްވާ!

ޔޫތް މިނިސްޓަރު މަހުލޫފް - ފޮޓޯ: އެމްއޯސީ

ރާއްޖެ އާއި ސްރީލަންކާގެ ގައުމީ ފިރިހެން ވޮލީ ޓީމު މިރޭ ބައްދަލުކުރާ ވޮލީ މެޗު ބެލުމަށް ވީހާވެސް ގިނަ ބަޔަކު ސޯޝަލް ސެންޓަރަށް އައުމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ރާއްޖޭގެ ވޮލީގެ ތާރީހުގައި އެންމެ ފުރަތަމަ އެކުވެރިކަމުގެ މެޗެއް ކުޅެވޭ ރޭ ކަމަށެވެ. އަދި ލަންކާ އަތުން މީގެކުރިން ރާއްޖެ އަށް މޮޅެއް ލިބިފައި ނުވާއިރު މިރޭ ސަޕޯޓަރުންގެ ކުރިމަތީގައި ލަންކާ ބަލިކުރުމަކީ އުއްމީދެއް ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

"މިރޭ 20:15 ގައި ސޯޝަލް ސެންޓަރު ރަތް ކުލައިން ފުރާލަދެއްވާ" މިނިސްޓަރު ވިދާޅުވިއެވެ.

ލަންކާގެ ގައުމީ ޓީމާއެކު ރާއްޖެ އިން ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފުރަތަމަ މެޗު ރޭ ކުޅެފައިވާއިރު އެ މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ.

މިރޭގެ މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގަންނަވާއިރު، މިއީ މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ކުޅޭ މެޗުތަކެކެވެ.