Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ގެއްލުނު ދެމަފިރިން ފެނިއްޖެ

ކޮންސްޓެންސް މޫފުށި

އއ.އަތޮޅުގައި އޮންނަ "ކޮންސްޓެންސް މޫފުށި" ރިސޯޓުން ސްނޯކްލިން އަށް މިއަދު ދިޔަ ބޭރުގެ ދެމަފިރިން ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ގެއްލިގެން ހޯދަމުންދަނިކޮށް ފެނިފައިވަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެމަފިރިން ކަމަށެވެ.

އެ ދެ މީހުން އަނބުރާ ރިސޯޓަށް ގޮސްފައިވާ ކަމަށް އެ ރިސޯޓުގެ މެނޭޖްމެންޓުން މައުލޫމާތުދޭ ކަމަށާއި އެ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އޮފިޝަލް މައުލޫމާތުދެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ. އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުވާން އަންގާފައެވެ.