Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނީ ހ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 16:20 އިން ފެށިގެން މިރޭ 21:20 އާ ހަމައަށެވެ.

އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލު ބާރުމިނަށް ވައިގަދަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފައިވާއިރު ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.