Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް

ރައީސްގެ ދެކަނބަލުން - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ލަންކާ އަށް ރައީސް ކުރައްވަނީ ކިތައް ދުވަހުގެ ނުރަސްމީ ދަތުރުފުޅެއް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ އީދު ޗުއްޓީ ހޭދަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އީދު ޗުއްޓީ ހޭދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިފަހަރު ވަޑައިގެންނެވީ ލަންކާ އަށެވެ.

މީގެކުރިން ވެސް ރައީސް ސޯލިހު ވަނީ ނުރަސްމީ ދަތުރުފުޅުތަކުގައި ލަންކާ އަށް ވަޑައިގެންފައެވެ.