Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

ކޯމާގައި އޮތް ދިވެހި ހައްޖުވެރިޔާ ނިޔާވެއްޖެ

ހައްޖު ކޯޕަރޭޝަނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިނާގެ ހޮސްޕިޓަލުގައި - ފޮޓޯ: ދިވެހި ހައްޖު މިޝަން

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ގޮސް ހުއްޓާ ސްޓްރޯކެއް ޖެހި ކޯމާއަކަށްދިޔަ ދިވެހި ހައްޖުވެރިޔާ ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މޫސާ ،38، އެވެ. އޭނާ އަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށް ދިޔަ މީހެކެވެ.

އެ އަންހެން މީހާގެ ހާލު ސީރިއަސްވީ މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން ކަމަށްވާއިރު އޭނާއަށް ފަރުވާ ދެމުންދިޔައީ މިނާގެ “މިނާ އަލްވާދީ” ހޮސްޕިޓަލުގައެވެ.

އޭނާ ނިޔާވީ މިއަދު އިރުއޮއްްސުނު ވަގުތު ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ލިބުނު ދެހާސް ކޯޓަގައި މީހުން ހައްޖަށް ދިޔައެވެ. މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނާއެކު ދީފައިވަނީ ފަސް ކުންފުންޏަކަށެވެ.