Last Updated: April 19, 10:45
Friday, April 19, 2024
ވިޔަފާރި

ފ. އަތޮޅަށް ވެސް އެމްޓީސީސީން ފެރީގެ ހިދުމަތް ދޭން ފަށައިފި

ތިލަދުންމަތީގެ ދެ އަތޮޅަކަށް ސްޕީޑް ފެރީގެ ޚިދްމަތް ފެށުން-ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފ. އަތޮޅުގެ ރަށްތަކަށް އާންމު ފެރީގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ފ. އަތޮޅަށް އާންމު ފެރީގެ ހިދުމަތް ދޭން ފެށީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އެ އަތޮޅުގައި އެމްޓީސީސީން ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ފީއަލިން ނިލަންދޫއަށް، ހަފްތާއަކު ފަސް ދަތުރެވެ. އެއީ ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ބާކީ ދުވަސްތަކެވެ. އެމްޓީސީސީން ބުނީ ފެރީ ދަތުރުގެ އަގަކީ 20 ރުފިޔާ ކަމަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ފެރީއަކީ 100 މީހުން ޖާގައިގެ ފެރީއެއް ކަމަށާއި މި ފެރީގައި ބައިސްކަލާއި، ލުއި ލަގެޖް ގެންދެވޭނެ ކަމަށެވެ. މީގެކުރިން ފ. އަތޮޅަށް ފެރީގެ ހިދުމަތް ދެމުން ގެންދިޔައީ އަމިއްލަ ކުންފުންޏަކުންނެވެ. ނަމަވެސް ފަހުން އެ ކުންފުނިން ވަނީ އެ އަތޮޅަށް ފެރީގެ ހިދުމަތް ދިނުން ހުއްޓާލައިފައެވެ.

އެމްޓީސީސީން ވަނީ މި ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކަށް އެ ކުންފުނީގެ ފެރީގެ ހިދުމަތް ދޭން ފަށާފައެވެ.