Last Updated: April 20, 13:04
Saturday, April 20, 2024
ޚަބަރު

ކުންފުނިތަކުން ޕާޓީތަކަށް ހަރަދު ކޮށްފައިވޭތޯ ބަލަނީ

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ -- ފޮޓޯ / މަޖިލިސް

ކުރީގެ ސަރުކާރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދު ކޮށްފައިވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.

މި މައްސަލަ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ ވިލިފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހަސަން އަފީފެވެ. އަފީފު މި މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވުމުން ކޮމެޓީން ވަނީ ސަރުކާރު ކުންފުނިތަކަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ސަރުކާރުން ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ކުރުމަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ހަރަދެއް ކޮށްފައިވޭތޯ ބެލުމަށް އެދޭ ކަމަށެވެ.

ސަރުކާރުން ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދު ކޮށްފައިވޭތޯ މާލިއްޔަތު ކޮމެޓީން ނިންމާފައިވާއިރު އާސަންދަ ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ސަދަގާތު ފައުންޑޭޝަނުން ބޭއްވި ހިތާނީ ކޭމްޕަށް 9.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެއިތުރުން ސަރުކާރުން ކުންފުންޏަކުން ސިޔާސީ ޕާޓީއެއްގެ އޮފީހެއް ހެދުމަށް ފައިސާ ބޭނުން ކޮށްފައިވާއިރު ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހީމްގެ މަންމާފުޅުގެ ހަނދާނުގައި ބިނާކުރި މިސްކިތަކަށް ވެސް ސަރުކާރު ކުންފުންޏަކުން ފައިސާ ހޭދަކޮށްފައިވާ ކަމަށް މި ކުންފުނިތަކުން ވަނީ މަޖިލީހުގެ ކޮމެޓީތަކުގައި ބުނެފައެވެ.