Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ރައީސްގެ ޒީރޯ ޓޮލަރެންސް ސިޔާސަތު ތަންފީޒު ކުރާނަން: ގަސަމް

އެފްއެސްއެމްގެ އެމްޑީ ގަސަމް --ފޮޓޯ / ޖޭޑް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ޒީރޯ ޓޮލަރެންސް ސިޔާސަތު ސާބިތު ކަމާއި އެކުގައި ތަންފީޒު ކުރާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

ގަސަމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒީރޯ ޓޮލަރެންސް ސިޔާސަތު ތަންފީޒު ކުރާނެ ކަމަށާއި ކިޔާ ފާޑު ކިޔުންތަކަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ގަސަމް މިފަދައިން ޓްވީޓު ކުރެއްވީ ސީދާ ކޮން ކަމަކާއި ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ނަމަވެސް އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި އަންނަނީ އެފްއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައިވާތީ އެކަމުގެ ފާޑު ކިޔުންތައް ސަރުކާރަށާއި އެފްއެސްއެމްއަށް އަމާޒު ކޮށްފައެވެ.

ރައީސް ސާލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސަތަކީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ކަމަށެވެ.

ރައީސް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމު އަށަގެންފައި ނުވާ އެންމެ ގުނަވަނެއް ވެސް ދައުލަތުގެ ތެރޭގައި ނެތް ކަމަށެވެ. ފަސާދަ އާއި ޚިޔާނާތުން ކިލަނބު ނުވާ އެންމެ އިދާރާއެއް ވެސް މި ގައުމުގައި ނެތް ކަމަށް ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެ އަށް ފެތުރިގެން ދިޔައީ ހިޔާނާތާއި ފަސާދައިގެ ކުރިމަތީގައި އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން،" ރައީސް ވިދާޅުވި އެވެ.

ގައުމު އެ ހާލަތަށް ދިޔައީ، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކޮރަޕްޝަން ހުއްޓުވާނެ ގާނޫނުތަކާއި ގަވާއިދުތައް ނެތިގެނެއް ނޫނެވެ. އަދި އެފަދަ މައްސަލަތަކުގައި ތަހުގީގުކޮށް ދައުވާކުރާ އިދާރާތައް ވެސް ހުރީ އާއްމު އުސޫލުން ހިނގަހިނގާ ކަމަށް ވިދާޅުވި އެވެ.